ޙަރަހާތް 5


އެކްޓިވިޓީ 5


·        ސުރުޚީ: މަޒުމޫނު ލިޔުން ( ސުރުޚީ: ތިމާވެށި ޙިމާޔަތް ކުރުމަކީ އެންމެންގެ ޒިންްމާއެކެވެ.)
·        ގްރޭޑް 8

އެކްޓިވިޓީ ގެންދާނެގޮތް


Ø     ތިމާވެށްޓަށް އަސަރު ކުރާ ކަންތަކާއި ބެހޭ ވީޑިޔޯއެއް ދައްކާށެވެ. ( އަޑު ނުއިއްވާ)
Ø     ކިލާސް 5 ކުދިންގެ ގްރޫޕަށް ބަހާލާށެވެ. މިއީ ހޯމް ގްރޫޕެވެ.
Ø     ކޮންމެ ގްރޫޕަކަށް ފަސްކުލައިގެ ކަރުދާސްކޮޅު ދޭށެވެ.
Ø     ގްރޫޕްގައި ހިމެނޭ ކޮންމެ ކުއްޖަކީ ތިމާވެށްޓާއި ބެހޭ ތަޖުރިބާކާރެކެވެ.
Ø     އެއަށްފަހު އެކްސްޕަރޓް ގްރޫޕްތައް އުފައްދާނީއެވެ. ( ކޮންމެ  އެކްސްޕަރޓް  ގުރޫޕެއްގައި ކޮންމެ  ގުރޫފަކުން  އެއްކުއްޖަކު ހިމަނަންވާނެއެވެ.)
Ø      އެކްސްޕަރޓުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކާއި  އެކަން  ހައްލުކުރެވިދާނެ ގޮތާއިމެދު ވާހަކަދައްކައި ޚިޔާލު ބަދަލުކުރާނީއެވެ.
Ø     އެކްސްޕަރޓް ގުރޫޕުން ލިބުނު މަޢުލޫމާތު ހޯމްގުރޫޕަށް އައިސް ހިއްސާކުރާށެވެ.
Ø     އެއަށްފަހު  ލިބުނު މަޢުލޫމާތުގެ  އެހީގައި  މަޒުމޫނެއް ލިޔަން ޙަވާލުކުރާށެވެ.

އެހީ






ރިފަރެންސް:
-          ވީޑިޔޯނެގީ



ޙަރަކާތަ4


އެކްޓިވިޓީ: 4

·        ސުރުޚީ: އުފެއްދުންތެރި ލިޔުން
·         ގްރޭޑް 8

 އެކްޓިވިޓީ ގެންދާނެގޮތް:


v    ކިލާސް 4 ކުދިންގެ ގްރޫޕްކޮށްލާށެވެ.
v    ކޮންމެ ގްރޫޕަކަށް ތަސްވީރެއް ދޭށެވެ.
v    ކާރެއްގެ ޙަޔާތުން ދުވަހެއް ލިޔުމަށްޓަކާ ލިޔާނެ ވާހަކަތަކެއް މައިންޑް މެޕެއްގެސިފައިފައި ތައްޔާރުކުރަން ޙަވާލުކުރާށެވެ.
v    ކޮންމެ ގްރޫޕަކުން އެއްކުރި ޚިޔާލުތައް ކިލާހަށް ހުށަހަޅާށެވެ.
v    ގުރޫޕްތަކުން ހުށަހެޅި ޚިޔާލުތަކަށް އެހެން ގުރޫޕްތަކުން ފީޑްބެކް ދޭށެވެ.
v    ލިބުނު މައުލޫމާތުގެ އަލީގައި އުފެއްދުންތެރި ލިޔުމެއް ލިޔާށެވެ.
އެހީ


ޙަރަކާތް3


އެކްޓިވިޓީ 3

·        ސުރުޚީ: ސިޓީ ލިޔުން
·        ގްރޭޑް: 8

އެކްޓިވިޓީ ގެންދާނެގޮތް: (ޑިިބޯނޯގެ 6 ތޮފި)

-         ކިލާސް 6 ގްރޫޕަށް ބަހާލާނީއެވެ. ކޮންމެ ގްރޫޕަކަށް ކުލައެއް( ހުދު ތޮފި،ރީނދޫ ތޮފި،ކަޅު ތޮފި، ރަތް ތޮފި، ފެހި ތޮފި،ނޫ ތޮފި) ދޭނީއެވެ.
-         އަދި އެކުލައަކުން ހާމަކޮށްދޭ ކަންތައް ކިޔައިދޭނީއެވެ.
-         މުދައްރިސް ކިލާހަށް ސުރުޚީ ކަނޑައެޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެބައެއްގެ ކުލައެއް ރަމްޒުކޮށްދޭ ބަޔާއި މެދު ޚިޔާލުބަދަލު ކުރާނީއެވެ.
-         އެއަށްފަހު އެގްރޫޕްތަކުންވަކިވެ 6 ކުލައިގެ ކުދިން ހިމެނޭގޮތަށް ގްރޫޕް ހަދާނީއެވެ.
-         އެއަށްފަހު ގްރޫޕްތަކަށް ދިޔަކުދިންގެ ތެރެއިން ފަހަރަކު ކުއްޖަކު އެގްރޫޕްގެ އެހެން ކުދިންނަށް އެކުދިން މަޝްވަރާކުރި ކަންތައް ކިޔައިދޭނީއެވެ.
-          ހުދު ތޮފީގެ ގްރޫޕް ކުއްޖާ ކިޔައިދޭނީ އެސިޓީގައި ހުންނަންޖެހޭ ޙަޤީޤީ ތެދު މަޢުލޫމާތެވެ.
-         ރީނދޫ ތޮފީގެ ގްރޫޕް ކުއްޖާ ކިޔައިދޭނީ އެސިޓީގައި ހުންނަންޖެހޭ ރަނގަޅު ސިފަތަކުގެ ވާހަކައެވެ.
-         ކަޅުތޮފީގެ ގްރޫޕް ކުއްޖާ ކިޔައިދޭނީ އެސިޓީގައި ހުންނާނެ ނުރަނގަޅު ސިފަތަކުގެ ވާހަކައެވެ.
-         ރަތް ތޮފީގެ ގްރޫޕް ކުއްޖާ ކިޔައިދޭނީ އެސިޓީގައި ހިމެނޭ އިހުސާސްތަކުގެ ވާހަކައެވެ.
-         ފެހި ތޮފި ހިމެނޭ ގްރޫޕް ކުއްޖާ ކިޔައިދޭނީ ސިޓީއެއް  އުފައްދާނެގޮތާއިމެދުގައެވެ.
-         ނޫ ތޮފީގެ ގްރޫޕް ކުއްޖާ ކިޔައިދޭނީ ސިޓީ ތަރުތީބުކޮށްލާނެ ގޮތެވެ.
-         އެއަށްފަހު ސިޓީނޯޓަށް ސިޓީއެއް ލިޔަން ޙަވާލު ކުރާނީއެވެ.

އެހީ:

ސިޓީ ނޯޓް
ލ. ހިތަދޫ މުލަންމާގެ ގޯތިތެރޭގައި ވަޅެއް ކޮންނަނިކޮށް ފެނުނު ހިރިގަލުން ހަދާފައިވާ ސަންދޯކެއް ފެނުމާއި ގުޅިގެން އެރަށު ކައުންސިލު އިދާރާއިން މިނިސްޓްރީއޮފް ޓޫރިޒަމް އާރޓްސް އެންޑްކަލްޗަރަށް ލިޔާ ސިޓީއެއް ޢިބާރާތް ކުރާށެވެ. މިސިޓީގައި ސަންދޯކާއި ބެހޭ ހުރިހާ މަޢުލޫމާތެއް ހިމަނަންވާނެއެވެ. ކައުންސިލުގެ ރައީސަކީ އަލްއުސްތާޛު މޫސާ ޢަލީއެވެ.

ޙަރަކާތް 2

އެކްޓިވިޓީ 2

·        ސުރުޚީ: ރައިވަރު
·        ގްރޭޑް 8

އެކްޓިވިޓީ ގެންދާނެގޮތް:

v    ކުދިންނަށް ރައިވަރު ބަސްތަރުތީބު ކުރާގޮތް ކިޔައި ދިނުމަށްފަހު ކިލާސް 6 ގްރޫޕަށް ބަހާލާށެވެ.
v    ކޮންމެ ގްރޫޕަކަށް  ރައިވަރެއް ދޭށެވެ.
v    ގްރޫޕްގައި ބަސްތަރުތީބުކުރަން ޙަވާލުކުރާށެވެ.
v    ގްރޫޕް މަސައްކަތް ކިލާހަށް ހުށަހަޅާށެވެ.
v    އެހެން ގްރޫޕްތަކުން ފީޑްބެކް ދޭށެވެ.


އެހީ:

1.     ޢާދުކޮށް ގޮވަމެއަދު                          2.   ދޭނަމޭ ލަނޑުހިތާ    
ޔާއިލާހީ ޔާއަޙަދު                                ރޭމިނުކިޔާއިނީމާ
ގާޝުކުރުކޮށް ތާއަބަދު                             ގޭމަކިބައިންމޮޔަގަނޑާ
ލާރަސޫޔަށަ މުޙައްމަދު                            ނޭތަރައިވަރު ހުސްވެދާ
ރާދަރަޖައެދި އިތުރުވުންއަ                               ކޭތެދެވެޑުނުތަނަކުވާމާ
ދާޞަލަވާތް ލެއްވުންއަ                            ގޭހުއްޓާ ނޭވާމާ

3.     ޔާރުފަނޑި އަޙުމަދާ                         4. ގާބޮލަކުލަށްމިސާ
ކާއިކަމަނުބެހޭތިމާ                              ގާގަނޑުތެރޭ އިނީމާ
ރައިވަރުންކޯޓެއްފަހާ                            ގާވިޔާ މަހަކާއި މާ
ފާނަމެގަޔަށް މަހާލާ                            ގާތަށްނުދާށޭ އެހާ
އާޑައިން ބަނދެދެއަތްފައިތި                     ގާގައި އެކަށި ޖަހައިފާނެ
ޔާމަރުމޯލުނުލަފާތި                             ލާއަޑު ރޯން ޖެހިދާނެ

1.     ތެދުނިކަންށޭބުނާ                   6. ވެއްޖެނަމަ މީހަކާ
   އެދުމުންވެގެން ހުރެމަނާ                 ތެއްރަޙުމަ މިޒަމާނުގާ
   މެދުމިންވަރަށް ކޮށްބިނާ                 ގެންގޮސްގެއަށް އަތުހިފާ   
       ހެދުމޭ އޮތީ ވާފަނާ                     އެއްތަށިން ކައި އެކީގާ
   އެދުރުންއެބުނެގޮތުންދިންމި               ދެންއެގޮތްކެނޑިހިނގައިދާނެ
   ވެދުމެއް ނޫން ހެކޮށްދިންމި               ފެންނުބޮނީސް ކެނޑިދާނެ


ޙަރަކާތް 1

އެކްޓިވިޓީ 1

·        ސުރުޚީ: ދޭހަ
·        ގްރޭޑް 8

އެކްޓިވިޓީ ގެންދާނެގޮތް:

·        އެންމެ ފުރަތަމަ ކިލާސް 4 ނުވަތަ ފަސްގްރޫޕް ކުދިންނަށް ބަހާލާށެވެ.
·        ކޮންމެ ގުރޫޕަކަށް ލިޔުން އަދި ސުވާލު ދޭށެވެ.
·        ކޮންމެ ގްރޫޕަކަށް 2 ސުވާލުގެ ޖަވާބު ލިޔުމުން ހޯދައިގެން ލިޔުމަށް ބުނާށެވެ.
·        ގުރޫޕުން ހޯދި ޖަވާބުތައް ކިލާހަށް ހުށަހަޅާށެވެ.
·        ޖަވާބުތަކާއިމެދު ގުރޫޕުން ޚިޔާލު (ފީޑްބެކް) ދޭށެވެ.
·        މަސައްކަތާއިމެދު މުދައްރިސްގެ ފީޑްބެކް ދޭށެވެ.
އެހީ
ލިޔުންތެރިކަން

1.           ލިޔުންތެރިކަން މިބަހަށްބަލާއިރު މިބަސް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ލިޔުން އަދި ތެރި ކަމެވެ. މަސައްކަތަކަށްވެސް އަދި އެ މަސައްކަތުން އުފައްދާ އެއްޗަކަށްވެސް ލިޔުން ކިއިދާނެ އެވެ. ލިޔުން މިއީ މަސްދަރެކެވެ. މަސްދަރު އައިސްފައިވާ އަޞްލަށް ބަލާއިރު އެއީ ކަމެކެވެ. ލިޔުމަކީ އެއްޗެއް ދޭހަވާގޮތަށް ކުރެހުމެވެ. ތެރިކަން މި ލަފުޒަށް ބަލާއިރު މި ލަފުޒުވެސް ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ތެރި އަދި ކަމެވެ. ތެރި މިއީ ލަފުޒުތައްގުޅުވަން ބޭނުންކުރާ އަކުރެކެވެ. ތެރިކަން މިއީ ކުޅަދާނަކަން ހާމަކޮށްދޭން ބޭނުންކުރާ ލަފުޒެކެވެ. އެހެންކަމުން ލިޔުންތެރިކަމުގެ ޖުމްލަ މާނައަކީ މާނަ ކުރަހައި ދިނުމުގެ ކުޅަދާނަ ކަމެވެ.

2.        ގިނަ އަދީބުން ޤަބޫލު ކުރައްވާ ގޮތުގައި ލިޔުންތެރިކަމުގެ ދެބާވަތެއްވެއެވެ. އެއީ، ނަޘްރާއި ވަޒަން ބަހުރުވައެވެ. ނަޘްރަކީ މަޒުމޫނު، ވާހަކަ ، ސިޓީ ފަދަ ބާވަތް ތަކެވެ. ނަޘްރުގެ އިތުރު ބާވަތް ތަކަށް ބަލާއިރު ރިޕޯޓާއި، ޚަބަރު އަދި ސަމާސާ އަދަބަކީވެސް ނަޘްރުގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ. ނަޘްރަށް ބަލާއިރު މީގައިވެސް ބައިތަކެއް ވެއެވެ. އޭގެތެރޭގައި އަދަބީ ނަޘްރާއި ޢިލްމީ ނަޘްރު، ސިޔާސީ ނަޘްރާއި އިޖުތިމާޢީ ނަޘްރު ހިމެނެއެވެ. އަދަބީ ނަޘްރަކީ އޭގައި އަދަބީ ބަހުރުވަޔާއި، އަދަބީ ޢިބާރާތާއި، ލައްޒަތާއި، ކަރާމާތް އެކުލެވޭ ލިޔުމެވެ. ޢިލްމީ ނަޘްރަކީ އޭގައި އަދަބީ ބައި ކުޑަކޮށް ޢިލްމީ ސިފަ އެކުލެވޭ ނަޘްރެވެ. ސިޔާސީ ނަޘްރަކީ ރޭވުންތެރިކަމާއި، ހިންގުމާއި، ޤައުމުގެ އެކުވެރިކަމާއި ގުޅޭލިޔުން ތަކެވެ. އިޖުތިމާޢީ ނަޘްރަކީ އެއެއްޗެއް ލިޔުމުން މުޖުތަމަޢުގެ އެހެންމީހުންނަށްވެސް ފައިދާވާނެ ފަދަ ލިޔުން ތަކެވެ. ލިޔުން ތެރިކަމުގެދެވަނަ ބާވަތަކީ ވަޒަން ބަހުރުވައެވެ. މީގެ ތެރޭގައި ހިމެނެނީ ޅެންވެރިކަމުގެތެރޭގައި ހިމެނޭ ބާވަތް ތަކެވެ. މަތީގައި ބަޔާންކުރެވިދިޔަ ލިޔުންތެރިކަމުގެ ބާވަތް ތަކުގެ ތެރެއިން ރިޕޯޓަކީ އެންމެ އަގުބޮޑު އެއްބާވަތެވެ. އެއީ ފައިސާގެ ގޮތުންނާއި، އަގު ކުރުމުގެ ގޮތުންނެވެ.

3.     އަދަބީ ރަނގަޅު ލިޔުމެއް ނަމަ ވަކި މީހަކާއި ނުބެހި އެ ލިޔުމަކުން ލިޔުން ކިޔާ މީހަކަށް އަސަރު ކުރާނެއެވެ. އަސަރު ކުރުމަކީ އެލިޔުމެއް ކިޔުމުން ވަކިކަހަލަ ޝުޢޫރު ތަކެއް އެ ކިޔާމީހެއްގެ ހިތަށް ވެރިވުމެވެ. އުފަލާއި،ހިތާމަ، ރުޅިއާއި ނަފުރަތު، ހިތްހަމަ ޖެހުމާއި، ހިތް ނުތަނަވަސްވުން ފަދަޝުޢޫރުތައް ވެރިވެއްޖެނަމަ އެއީ އެލިޔުމަކުން އަސަރު ކުރީ ކަމުގައި ބެލެވިދާނެއެވެ. އަދި އެފަދަ ޢަމަލެއް ފެނިއްޖެނަމަ އެއީ އެލިޔުމަކުން ކިޔުންތެރިޔާއަށް ރަހަލީ ކަމުގައި ބެލެވިދާނެއެވެ. ލިޔުންތެރިއެއްގެ ލިޔުމެއް ކިޔުމުން ފުރަތަމަ އުފެދޭނީ ޚިޔާލެވެ. އެއަށްފަހު އަންނާނީ އޭގެއަސަރެވެ. މޮޅު ލިޔުމެއްނަމަ އެއިން ކިޔާމީހަކަށް އަވަހަށް ބޮޑަށް އަސަރުކުރާނެ އެވެ.

4.     މޮޅު ލިޔުންތެރިއަކަށް ވާން ބޭނުންނަމަ، ކުރަންޖެހޭ ވަރަށްގިނަ ކަންތައް ތަކެއް ވެއެވެ. ފުރަތަމަ ކަމަކަށް ތިމާއަކީ ބަހުގެގޮތުން މުއްސަނދި މީހަކަށް ވާން ޖެހެއެވެ. ނުވަތަ ތިމާއަކީ އަބަދުވެސް އާބަސްތަކާއި އާ ލަފުޒުތައް ހޯދަން މަސައްކަތް ކުރާމީހަކަށް ވާން ޖެހޭނެއެވެ. ލަފުޒަކީ ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ އެއްޗަކަށްވާތީ އަދަބީގޮތުން އެއްވެސްމީހަކު ބޭނުންކުރާ ލަފުޒަކީ ނުބައި ލަފުޒެކޭ ނުބުނެވޭނެ އެވެ. އެއީއެކި ހިސާބުތަކުގައި އެކިގޮތަށް ލަފުޒު ބޭނުން ކުރާތީ އެވެ. އާ ބަސްތައް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ތިމާއަކީ އަދަބީ ލިޔުންތައް ކިޔާ މީހަކަށްވެސް ވާން ޖެހޭނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ މޮޅު ލިޔުންތެރިއަކަށް ވާން ބޭނުންނަމަ ގިނަ ގިނައިން ފޮތް ކިޔާމީހަކަށް ވާންޖެހޭނެ އެވެ. އޭގެ އިތުރުން ޤުދުރަތީ ގޮތުން ހިނގާ ކަންތައްތަކާއި ދޭތެރޭވިސްނާ ފިކުރުކޮށް، ތިމާއަށް ފެންނަ އެއްޗިއްސާއި ކަންކަމާއި ދޭތެރޭ ޚިޔާލުކުރާނަމަ މޮޅު ލިޔުންތެރިއަކަށް ވުމަށް ކޮށޭ މަގަކަށް އެކަންތައްވެސްވާނެ އެވެ.
އާދަމް ޝަރީފް މުޙައްމަދު     ( ފަންވަތް އިންފޯ ޑޮޓް ކޮމްއިން  ނަގާފައި)




ގްރޫޕް 1

1.     ލިޔުންތެރިޔާ ލިޔުންތެރިކަން މާނަކުރާ ގޮތަކީ ކޮބައިހެއްޔެވެ؟ 
2.     ލިޔުންތެރިކަމުގެ ދެބާވަތަކީ ކޮބައިހެއްޔެވެ؟

ގްރޫޕް 2
3.     ނަޘްރުގެ ބާވަތްތަކަކީ ކޮބައިހެއްޔެވެ؟
4.     ތިޔަދަރިވަރު ދެކޭގޮތުގައި ސިޔާސީ ނަޡްރާއި ،އިޖުތިމާޢީ ނަޡްރާއި ދޭތިންކުރެ މުޖުތަމަޢަށް ފައިދާވާނީ ކޮން ނަޘްރެއް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟

ގްރޫޕް 3
5.     ވަޒަން ބަހުރުވައިގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިޔަ ދަރިވަރަށް  އެނގޭ4 ބާވަތެއްލިޔޭ!
6.     ލިޔުން ކިޔާމީހާއަށް އަސަރުކުރުވަނީ ކޮންކަހަލަ ލިޔުމަކުން ހެއްޔެވެ؟


ގްރޫޕް 4
7.     "އަދި އެފަދަ ޢަމަލެއް ފެނިއްޖެނަމަ އެއީ އެލިޔުމަކުންކިޔުންތެރިޔާއަށް ރަހަލީ ކަމުގައި ބެލެވިދާނެއެވެެ" މިޖުމުލައިގައި މިބުނާ ވާހަކަ އިތުރަށް ތަފްޞީލުކޮށްދޭށެވެ!
8.     މޮޅުލިޔުންތެރިޔަކަށް ވާންބޭނުންނަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން 3 ކަމެއް ލިޔޭ!


ގްރޫޕް 5

9.     އަދަބީ ގޮތުންއެއްވެސްމީހަކު ބޭނުންކުރާ ލަފުޒަކީ ނުބައި ލަފުޒެކޭ ނުބުނެވެނީ ކީއްވެ ހެއްޔެވެ؟
10.  ތިރީގައިވާ ބަސްތަކުން ދޭހަވާ މާނަލިޔާށެވެ!                  
           ހ.  ކުޅަދާނަ ށ.   ޝުޢޫރު  ނ. މުއްސަނދި